"" Welcome to my thoughts: ދިވެހި

Saturday, November 7, 2009

ދިވެހި

މިއަދު ވިންޑޯޒް ރައިޓަރ އަޅައިގެން ދިވެހިބަހުން ބޮލޮގް އެންޓްރީއެށް ލިޔެވޭތޯ މިއުޅެނީ . މީގެ ކުރިން މިކަހަލަ ސޮފްޓްވެއަރއެށް ހުންނަ ކަމެށް ނޭނގޭ، އެކަމު އެމް އެސް އެން ބޭނުންކޮށްކޮށް މިހާރު މުސްކުޅިވަނީ. އަސްލު އެމް އެސް އެން ލައިވް އިންސްޓޯލް ކުރާއިރުގައި މީހެ ވާހަކަވެސް އޮވޭ އެކަމު ބޮލަށް ބީތާ އަރާފަ ހުންނަންޏާ ނުފެންނާނެތާދޯ.

ދެންއޮތީ މިސޮފްޓްވެއަރ ގެ ވާހަކަ… މީގައި ވަރަށް ބަލާބޮޑު ބަޔެށްކަންތަށްތަށް ހުރި ކަމުގައި ވިޔަސް ޖުމްލަ ގޮތެށްގައި ވަރަށް ގައްޑާއޭ ބުނެވޭނި. މީތި ވަތަށް ބަލާބޮޑޭ މިބުނަނީ މީގައި ލިޔާއިރު އެއްވެސް އިބިފިއްޔެށް އެއްކޮށެށް ނުފެނޭ، އެހެންވީމަ ލިޔެވުނީ ރަނގަޅަށްތޯ ބެލޭނެ ގޮތެށް ނުފެނޭ. ދެން އަނެށް ބަލާވެރި ކަމަކީ އަބަފިލިގޮސް އޮންނަނީ މަތީ ފޮޅުވަތުގައި ލެޑިފަ، މިހެންވީމައި އަބަފިލި ފެނުމުގައިވެސް މައްސަލައެއް އުޅޭކަމަށް ފާހަގަ ކުރެވޭ. ދެން އޮތް އަނެށްމަސަލައަކީ ދިވެހި މި ލިޔަނީ ކަނާތުން ވާތަށް، އެކަމު މީގައި ލިޔާއިރު މުޅިންވެސް މިލިޔެވެނީ ވާތުން ކަނާތަށް. އެކަމު ބެކް ސްޕޭސް ނުހެދިޔަސް ބަރާބަރަށް ބަސްތަށް އެތުރޭ.

ދެންއޮތީ ހަމަ އަބަދުވެސް ކުރިމަތިވާ މައްސަލަ މިފަހަރުގެ މިވާގޮތަކީ އަދިވެސް ދިވެހި ބަހުން ނުބައިކޮށް ލިޔެވިއްޖެޔާ ނުބައި ކަމަކަށް ނުދައްކާ، ރަނގަޅަށް ލިޔުނަސް ނުބައކޮށް ލިޔުނަސް އޮންނަނީ ރަތް ރޮނގު ދަމާފަ، މިމަސަލަ ކޮންމެ އެއްޗެއްގައި ލިޔުނަސް ކުރިމަތިވޭ.

މީގެ ކުރިން ދިވެހިން އެންޓްރީއެއް ހިމަނަން ވެއްޖެއްޔާ ހަތްހާއްޔަށް ބުޅާ ދަރިން ބަދަލު ކުރާގޮތަށް އުޅެން ޖެހެނީ. އެއީ ވޯޑުގައި ލިޔެފަ ބްލޮގްގައި ޕޭސްޓް ކުރަން ޖެހެނީ. އަނެއްކާވެސް ބުނެވޭނީ ހިސާބައްވުރެށް ގަމާރުވަންޏާ މިހުރިހާކަހަލަ މުސީބާތެށްވެސް ކުރިމަތިވާނެޔޭ.

ދެން ކޮންމެ އަކަސް މިއޮތީ މި ދިވެހިބަހުން މި ސޮފްޓްވެއާގެ އެހީގައި މި އެންޓްރީ ލިޔެވިފައި، ދެން މީގޮލާ ޕޯސްޓް ކުރީމާ ހުންނާނެ ގޮތެށް ހަމަ އެއްގޮތަކަށްވެސް ނޭންގޭ… ރަނގަޅަށް ހުރިއްޔާ ވެސް ކިތަށްމެ ހާވެސް ރަނގަޅު، ގޯސްކޮށް ހުރިއްޔާ ބުނެވޭނީ ދެން ކުރާނެ ކަމެށްނެތޭ. ކޮންމެވެސް ދުވަހަކުން މިކަން ވާނެޔޭ.


Share/Bookmark

3 comments:

Nabeel said...

Congrats Ali

afxoon said...

br0! use language bar on windows! you can write dhivehi easily!

Haris said...

ސަޅި ލިޔުމެއް އިނގޭ