މުއާޞަލާތާއި ދަތުރުފަތުރުގެ ދާއިރާއަށް ބަލާލިކަމުގައިވިޔަށް ބުނެވޭނީ ދުނިޔެ ކުޑަވެފައިވާކަމަށެވެ. އަރަބިކަރައިން އުފަންވެގެން އައި ކަނޑުދަތުރު ފަތުރުކުރުން މީގެ 000،30 އަހަރު ކުރިން ފޮތި ވުޖޫދަށް އުފަންވުމުން އިތުރު ހަލުއިކަމެށް ލިބިގެން ގޮސް، މީގެ 3000 އަހަރު ކުރިން ޗައިނާމީހުން ސިލްކު އުފައްދައި އޭގެ ރިޔަލުގެ އެހީގައި އިތުރު ހަލުއިކަމެށް ހޯދިއެވެ. އަދި މިދުވެލި އެއަށްވުރެ ބާރުވެގެން ދިޔައީ 1779 ގައި ސްޓީމް އިންޖީނު ދުނިޔޭގެ ވުޖޫދައް ތަޢާރަފުވުމުނެވެ. އަދި 1800 ގެ މެދުތެރޭގައި ކުރުޑު ކޮމްބިއުޝަން އިންޖީނު ތާރަފްވެ، ރިޔާތަކާއި ފަލިތަށް އުކާލައި ދަތުރުފަތުރު ހަލުވެގެން ދިޔައެވެ. ނަމަވެސް މިހަލުއިކަމަށް އިތުރު ދިރުމެށް 1903 ވަނައަހަރުގެ ޑިސެމްބަރު 17 ގައި ހެނދުނު 10:35 ގައި މަތިންދާބޯޓު ތާރަފް ކުރިހިސާބުން ފެށިގެން ލިބުނެވެ. އެދުވަހުން ފެށިގެން ދުނިޔެ ކުޑަވަމުންގޮސް މިއަދު ހެންދުނު ދިވެހިރާއްޖެއިން ސައިބޯލައިގެން ސިންގަޕޫރުން މެންދުރު ކާލައިގެން ލަންޑަނުގައި އެދުވަހުގެ ރޭގަނޑުގެ ކެއުން ކާލެވޭހާވެސް ދުނިޔެވަނީ ކުޑަވެފައޭ ބުނެވިދާނެއެވެ.
ހަމަ މިގޮތަށް މުޢާޞަލާތީގުޅުމަށް ބެލިކަމުގައިވިޔަސް ތުންތުން މަތިން ބުނެވެމުން އައި މެސެޖު ގަސްގަހުގެ ފަތާއި ލަކުޑިއާއި ހިލަގަނޑުގަނޑުގައި ލިޔެވި ޖަނަވާރުގެ އެހީގައި މީހުންގެ މެދުގައި ބަދަލުކުރެވުނު ޒަމާނަށް ހަލުއިކަމެށް 105 އޭ.ޑީ ގައި ޗައިނާގެ މީހުން ކަރުދާސް އުފެއްދުމާއި ހަމައިން ލިބި ދަރުތުފަތުރުގެ ނިޒާމަށް އައި ހަލުއިކަމާއި އެކު ހަލުއިވެގެން ދިއެވެ. ނަމަވެސް އިތުރު ދިރުމެށް 1832 ގައި ޓެލެގޮރާފް އުފެއްދި ހިސާބުންފެށިގެން ލިބި، 1876 ގައި ފޯނުތާރަފުވުމުން ވަގުތުން ވަގުތަށް މެސެޖު ބަދަލުކުރަން ފެށުނެވެ. އެހެން ނަމަވެސް 1824 ގައި މަންޒަރު ރެކޯޑު ކުރެވޭ އީޖާދާއި 1861 ގައި ޓީވީ އުފެއްދުމާއި 1958 ގައި ސެޓަލައިޓް ސިގުނަލް ފޮނުވުން ވެގެން ދިޔައީ ކުޑަވެގެން އައި ދުނިޔެ އިތުރަށް ކުޑަކޮށްލި ހާދިސާއަކަށެވެ.
ނަމަވެސް މިވަރަކުން އަދި ކުޑަވުން ހުއްޓުމަކަށް ނާދެވެ. 1960 ގައި މަކުނުގެ އަސަރު ފެންނަމުންގޮސް 1970 ގައި މަކުނުގެ ފައިތަށް ދިގުވާންފެށިއެވެ. ނަމަވެސް 1980 ގެ އަހަރުތަކުގައި ރަށުތެރެއަށް މަކުނު ގެ ވާތަށް ފުރައި 1990 ގައި ކަނޑުތަކާއި ޖަނގަލިތަކާއި ޤައުމުތަކާއި ބައްރުތަށް ހުރަސްކޮށް އަޅުނޑުމެން އެއާނުލާއި އުޅެން އުނދަގޫވެފައި މިވާ އިންޓަނެޓް ދުނި މުށުތެރެއަކަށް ލެވޭހާވެސް ކުޑަކޮށްލީ ކުރިން ދެންނެވި މަންޒަރާއި އަޑު އަދި 16 ވަނަ ޤަރުނުގައި އުފަންވި ލިޔެކިޔުމަށް ބޭނުންކުރާ އަކުރުގެ އެހީގައެވެ.
މިހުރިހާކަމެށް މިހެން ހުރި ކަމުގައިވިޔަސް އެންމެ ހައިރާން ކަމެށް ގެނެސްދިން އެހެން ކަމެށްވެސް މިއާއި ގުޅުގެން އުންވިއެވެ. އެއީ ކޮންކަމެށްތޯ އަހާލައިފިނަމަ އަޅުގަނޑަށް ބުނެވޭނީ ކޮންމެ މީހަކުވެސް މިހާރު އުޅެމުން ގެންދަނީ އެމީހެއްގެ އަމިއްލަ ދުނިޔެއެއްގައި ކަމަށެވެ. އަޅުގަނޑު ބުނަން މިއުޅެނީ މިދުނިޔެ ކުޑަވަމުންގޮސް މިދުޔޭގައި 6 ބިލިއަށް ކުދި ކުދި ދުނިޔެވެސް ހިމެވޭ ވާހަކައެވެ. ޑރ.ލިމް ޖީއީއޯ ގެ ރިޕޯޓުން މިސާލު ދެއްކިޔަސް އަޅުގަނޑު މިސާލުދައްކާހިތްވަނީ އަޅުގަނޑާއި ތިޔަބޭފުޅާއަށްވެސް ކޮންމެ ދުވަހަކު ލޮލަށް ފެންނަ ހަޤީޤީ ކަމަކުންނެވެ. އެއީ ފޯނުން ވާހަކަދައްކަމުން ދާއިރު ދެކަންފަތް ހުންނާނީ އުނގުރިޖަހާ ބައްދައި ލޮލުގައި ޓީވީ ފެންނަ ވައްތަރުގެ އައިނެށް އަޅައި އޮޓޯޕައިލެޓްގައި ބާރަށްދުއްވާ އުޅަނދެއްގައި ވަރަށް އަވަދިނެތިކޮށެވެ. އަޅެ މި އުޅެވެނީ އަމިއްލަ ދުނިޔެއެއްގައި ނޫންތޯއެވެ؟ އަޅުގަނޑު މިބުނީ ދޮގެއްތޯއެވެ؟ ދުނިޔެ ކުޑަނުވޭތޯއެވެ؟/span>
1 comment:
varah majaa liyumeh, varah factful kamah faahaga kurevey. Meege reference listeh ekulavaalinama varah ithurah rangalhuvaanekamah feney
Post a Comment